ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އަލުން އިއުލާންކޮށްފިއެވެ.

ވާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މިރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 24 އޮކްޓޯބަރ 2023 ވަނަ ދުވަހު ކުރި އިއުލާނާއެކު އާންމުކުރި މައުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ، އެއިއުލާން ބާތިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ރ. ވާދޫ ފުޓޯބޯޅަ ދަނޑުގެ މަސައްކަތުގެ ތެރެއިން — ވާދޫ ލައިވް ފައިލް

އެހެންކަމުން، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 4 ޑިސެމްބަރ 2023 ވަނަ ދުވަހުން ފެށިގެން 13 ޑިސެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް) ނަންނޯޓު ކުރުމަށް އެ ކައުންސިލްގެ އިއުލާނުގައިވަނީ އެދިފައެވެ.

ނަންނޯޓު ކުރެވޭނީ، ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކޮށް، ވިޔަފާރި/ކުންފުނީގެ ރަޖިސްޓްރީއާއެކު ހުށަހެޅުމުން ކަމަށާއި ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ކަމަށްވެސް ވާދޫ ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

”މި މަސައްކަތާއި ގުޅިގެން ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 ޑިސެމްބަރ 13 ވާ ބުދަ ދުވަހުގެ މެންދުރު 01:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2024 ޖެނުއަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައި 2024 ޖެނުއަރީ 10 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.“

ރ. ވާދޫ ކައުންސިލް

މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ އިއުލާނުގައިވާ ގޮތުން ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ނަންނޯޓުނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކޮށްފައިވާ ފޯމުގައި ކަމަށާއި މި ފޯމު އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް އަދި އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކޮށްފައިވާ ފަރާތުގެ ނަމުގައި ކަމަށް އިއުލާނުގައި ވެއެވެ.

މިއިއުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ނަމަ، އެއިދާރާއަށް ގޮސްގެން ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ Info@vaadhoo.gov.mv އަށް މެއިލްކޮށްގެން މައުލޫމާތު ސާފުކުރެވޭނެއެވެ.