މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް، ރ. އުނގޫފާރުގައި ހޯސްޓުނުކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ނިންމުމުން އެ މުބާރާތް ރ. އިންނަމާދޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އަތޮޅުގެ ވެރިކަންކުރާ އުނގުފާރުގެ ރަށު ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ބައްދަލުވުމެއްގައެވެ. އަދި މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެރަށުގެ ގިނަ އަދަދެއްގެ މީހުން އެކަމާ މެދު ނުރުހޭތީ ކަމަށެވެ
އުނގޫފާރު ކައުންސިލްގެ 110 ވަނަ ޖަލްސާގައި އެގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލް މެމްބަރު މުހައްމަދު މުނީޒް މޫސާވަނީ ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
އުނގޫފާރު ކައުންސިލްގެ މިނިންމުމާއެކު ރ، އަތޮޅު ކައުންސިލުންވަނީ އެ ރަށުގައި މުބާރާތް ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ.
މި މުބާރާތާ ގުޅޭ ގޮތުން، ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ރ. އަތޮޅު ކައުންސިލްގެ މެމްބަރު އަދި ރަސްމާދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވިދާޅުވީ، މުބާރާތުގައި ވާދަކުރުމުގެ ސުންގަޑި މިދިޔަމަހުގެ 23 ވަނަ ދުވަހު ހަމަވިއިރު، ޖުމުލަ އަށް ރަށަކުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގައި ވާދަކުރަން ހުށަހެޅި ރަށްތައް:
- ރ. އަލިފުށި
- ރ. ރަސްމާދޫ
- ރ. ދުވާފަރު
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އުނގޫފާރު
- ރ. އިނގުރައިދޫ
- ރ. މީދޫ
މިދިޔަ އަހަރުގެ މުބާރާތުގައި ރ. ވާދޫއިން ވާދޫ އެފްސީ ބައިވެރިވި ނަމަވެސް، ކުޅުންތެރިންގެ ފިޓްނަސް މަައްސަލަތައް ހުރުމުން، މުބާރާތުގައި އެންމެ ރަނގަޅު ޕަފޯމަންސް ނުދެއްކޭނެތީ ވާދޫ އެފްސީ މިއަހަރުގެ މުބާރާތުގައި ބައިވެރިނުވެއެވެ.
މިދިޔަ އަހަރު ބޭއްވި. ރ. އަތޮޅު ފުޓްސަލް މުބާރާތުން މުބާރާތުން ޗެލެންޖުން ޗެމްޕިއަންކަން ހޯދީ ރ. އިނގުރައިދޫއާ ވާދަކޮށް މިއަތޮޅު ދުވާފަރެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
