ކުރިން ކުރި އިއުލާން ކެންސަލްކޮށް، ރ. ވާދޫގައި ކުނި މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، ވާދޫގައި ކުނި މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)299/299/2023/41 (13 ނޮވެމްބަރ 2023) އިޢުލާނާ ގުޅިގެން އެކަށީގެން އަދަދަށް އަގު ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކުރީ ކަމަށެވެ.
މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ފަރާތްތަކުން، 2023 ޑިސެމްބަރ 13 ވަނަ ދުވަހުން ފެށިގެން 2023 ޑިސެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. ނަންނޯޓުކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރެވޭނެ ވާހަކަ އެ ކައުންސިލުންވަނީ ބަޔާންކޮށްފައެވެ.
މި މަސައްކަތާ ގުޅިގެން ނަންނޯޓު ކުރާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 ޑިސެމްބަރ 17 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:30 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. އަދި 2023 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާންގައިވަނީ އެދިފައެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ އިއުލާންގައިވާ ގޮތުން ނަމަ، 2023 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ ހެނދުނު 11:01 ގައި އެއިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން ވާނީ އެކަމަށް ތައްޔާރު ކޮށްފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކުރާ ފަރާތުގެ ނަމުގައެވެ.
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެއިދާރާއަށް ހާޒިރުވެގެން ނުވަތަ އެ އިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅައިގެން ނުވަތަ info@vaadhoo.gov.mv އަށް މެއިލްކޮގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
