ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީން ފެބުރުވަރީ 2024 ގައި އުނގޫފާރު ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ސެޓްފިކެޓް އިން ނާރސިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު 25 ޖެނުއަރީ 2024 އަށް ހަމަވާނެއެވެ.
އުނގޫފާރު ކެމްޕަހުގައި ކުރިއަށް ގެންދާ މި ކޯހަށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 28 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ.
ފުލްޓައިމްކޮށް ކުރިއަށް ގެންދާ މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ.
އުނގޫފާރު ކެމްޕަހުގައި ކުރިއަށް ގެންދާ މިކޯހަކީ 1 އަހަރު ދުވަސް (2 ސެމިސްޓަރ) 15 ދަރިވަރުންގެ ޖާގައިގެ ކޯހެކެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2024 Term 1
އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
Leave a Reply