ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ޑިންގީން ދެ މީހަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ރ. ވާދޫ ލައިވްއަށް ބުނީ، ޑިންގީ ބަންޑުން ޖަހާލާފައިވަނީ ށ. ފޯކައިދޫ ކައިރިން ކަމަށާއި އޭގައި ތިބި ދެމީހުން ކަނޑުވެފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި އެ ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެ ސަރަހައްދުން ދަތުރުކުރި ކަންނެލި ދޯންޏަކަށް އެ ދެމީހުން ނަގައި ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މިރޭ 12:21 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.

ޑިންގީ ބަންޑުން ޖަހާލި ސީދާ ސަބަބެއް އަދި ސާފުނުވާއިރު މިހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.