މާޅޮސްމަޑުލު އުތުރުބުރީ ރ. ވާދޫއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
2023 ވަނަ އަހަރު ރ. ވާދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 2000 އަކަފޫޓުގެ 59 ބަންޑާރަ ގޯތި ދޫކުރަނީ މިހާރު ހުރި ބިމުންނެވެ.
ވާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 59 ބަންޑާރަ ގޯއްޗަށް ޖުމުލަ 111 މީހުން ވަނީ ކުރިމަތިލާފައެވެ.
ވާދޫ ކައުންސިލުން ބުނީ ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ހުޅުވާލާފައިވާ ކަމަށެވެ.
ޝަކުވާހުށަހަޅާނީ އެކަމަށް ޙާއްސަކުރެވިފައިވާ ފޯމު ”ގޯއްޗަށް އެދުނު ފަރާތްތަކަށް ލިބުނު ޕޮއިންޓާއިމެދު ޝަކުވާ ހުށަހަޅާ ފޯމު“ އިން ކަމަށް ވެސް ވާދޫ ކައުންސިލުން ބުނެއެވެ.
އެ ފޯމު ވާދޫ ކައުންސިލް އިދާރާ އަދި އެ އިދާރާގެ ވެބްސައިޓް (www.vaadhoo.gov.mv) އިން ލިބެން ހުންނާނެއެވެ.
ރ. ވާދޫއިން ގޯތި ލިބޭ މީހުންގެ ވަގުތީ ވަގުތީ ލިސްޓް
