މާޅޮސްމަޑުލުއުތުރުބުރީ ވާދޫ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާ 2024 ބާއްވައިފިއެވެ.
ވާދޫ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި 2023/22 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އީނާޝް މުހައްމަދެވެ.
އީނާޝް ވަނީ އޯލެވަލް އިމްތިހާނުން ރާއްޖޭގެޓޮޕްޓެން އިން 8 ވަނަ ވެސް ހޯދާފައެވެ.
މީގެ އިތުރުން ވާދޫ ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި އެކިއެކި މާއްދާތަކާއި ގުރޭޑުތަކުން ފާހަގަކޮށްލެވުނު ދަރިވަރުންނަށް ވެސް އެ ހަފްލާގައި ވަނީ އިނާމު ހަވާލުކޮށްފައެވެ.
