ރަމަޟާން 2024 / 1445 ގެ ހަނދު ފެނިއްޖެ ކަމަށް ސަޢޫދީ ޢަރަބިއްޔާގެ މަސްދަރުތަކުން އިއުލާންކޮށްފިއެވެ.
.ސައުދީ ޢަރަބިއްޔާ އަށް ހަނދު ފެނުނުކަން އިއުލާނު ކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
.ސައުދީ ޢަރަބިއްޔާގެ ހަރަމައިންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަމަޟާން މަހުގެ ހަނދު އެގައުމަށް ފެނުމާއި އެކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މިމަހުގެ 11 (މާދަމާ) އެވެ.
ރަމަޟާން މަހުގެ ހަނދު ބެލުމުގެ ގޮތުން ސައުދީގެ އެކި ސަރަހައްދުތަކުގައި ވަނީ ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެކި ސަރަހައްދުތަކުގައި ހަނދު ބެލުމުގެ ކަންކަން ކުރިއަށް ގެންދިޔަ ނަމަވެސް އުޑުމަތި ހުރި ގޮތުން ހަނދު ބެލުމުގައި ދަތިތަކެއް ކުރި ކަމަށް މީގެ ކުރިން .ސައުދީ ޢަރަބިއްޔާއިން ވަނީ ހާމަކޮށްފައެވެ.
.ސައުދީ ޢަރަބިއްޔާއަށް ހަނދު ފެނިފައިވާކަން އިއުލާނު ކޮށްފައިވާއިރު، އޮސްޓްރޭލިއާ، މެލޭޝިއާ، ބްރޫނާއި އަދި އިންޑޮނޭޝިއާއިން ވަނީ ރަމަޟާން މަހުގެ ހަނދު މިއަދު ފެނިފައި ނުވާތީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 12 ވާ އަންގާރަ ދުވަސް ކަމަށް ނިންމާފައެވެ.
ރަމަޟާން މުބާރަކް.
