”ހީލް އިން ޕެރެޑައިސް“ ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ސްވެނިއަރ ޕޮއެޓްރީ ފޮތް ނެރެފިއެވެ.

މި ފޮތް ލިޔެ ތައާރަފުކޮށްފައިވަނީ ހައުލާ ރިޒާއެވެ. ހައުލާ އަކިީ ފެށުނީއްސުރެ ވަރަށް ޝައުގާއެކު ލިޔުންތައް ލިޔާ،މޮޅު ލިޔުންތެރިއެކެވެ. ހައުލާ ބުނީ އެންމެ ކުރީއްސުރެ ލިޔުންތެރިކަމުން ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ. އެހެންވެ، ބޭރުގެ ބައެއް ޖާރަނލް ތަކަށް ހައުލާ ލިޔުންތައް ލިޔަން ފެށިއެވެ.

”ބައެއް ބޭރުގެ ޖާނަލްތައް ލިޔިން.ވަރަށް ރަނގަޅު ފީޑްބެކް ލިބޭ ނުދަންނަ ރީޑަރސް ވެސް އުޅޭ. އެހިސާބުން ހިތަށް އެރި ފޮތެއް ވެސް ލިޔެވިދާނެއޭ.“

ހައުލާ ބުނީ މިފޮތް ލިޔެވިފައިވަނީ އިނގެރޭސި ދެވަނަ ބަހުރުވައަކަށް ވެސް ބޭނުންކުރާ ބޭރު ގައުމުތަކުގެ މީހުންނަށްވެސް، ނަގައިގަނެވޭނެ ގޮތަށް ވަރަށް އާދައިގެ ބަސްކޮށާރެއް ބޭނުންކޮށްގެން ކަމަށެވެ.

ހައުލާ ބުނީ ސޮވެނިއަރގެ ރާއްޖޭގައި ނެރޭ ފުރަތަމަ ފޮތްކަމަށް ވާއިރު، މި ފޮތުގެ ހުރިހާ ޕޮއެމްއަކީވެސް، އެންމެނަށް ވެސް ކިޔަން ފަސޭހަ، ގޮތަކަށް ކަމަށާއި މަގުސަދަކީ ކިޔުންތެރިން މިފޮތުގެ ތެރެއަށް ވަދެވޭ ކަހަލަ ތަޖުރިބާއަކަށް ހެދުން ކަމަށެވެ. ހައުލާ ބުނީ މި ފޮތް ކިޔާ މީހަކަށް ތަފާތު ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ކަން ޔަގީންކަމަށާއި ހުރިހާ އެންމެން ވެސް މި ފޮތް ކިޔުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. ހައުލާ ވަނީ މިފޮތުގައޮ ނަސްރުގެ ދުވަހާއި ގުޅުވައިގެން ޝަހީދުންނަށް ވެސް ޓްރިބިއުޓް އެއް ދީފައެވެ.

ހައުލާ ބުނީ މިހާ ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން އޭނާ ވަނީ މި ދަތުރުގައި އޭނާއަށް އެންމެ ހިތްވަރުދިން އޭނާގެ ފިރިމީހާ އަށް ޝުކުރުއަދާކޮށްފައެވެ.

އޯތެންޓިކް މޯލްޑިވްސްގެ އައުޓެލެޓްތަކުން މިފޮތް ލިބެން ހުންނައިރު، މި ފޮތް އޮންލައިން ކޮށް ގަންނަން ހައުލާރިޒާ.ކޮމް އިން ލިބޭނެއެވެ. މި ފޮތުގެ އަގަކީ 369 ރުފިޔާއެވެ.

މި ފޮތް ލޯންޗުކުރުމަށް ކުޑަ ހަފްލާއެއްް ހައުލާ ބާއްވާފައިވާއިރު، ހައުލާ ވަނީ މި ފޮތް ގަންނަން ޕްރީ- އޯޑަރ ކުރި ކިޔުންތެރިންނަށް ދައުވަތު އަރުވާފައެވެ. ހައުލާ ބުނީ ކިޔުންތެރިން ފޮތް ކިޔާފައި ވަގުތުން ފީޑްބެކް ދިން ކަމަށާއި، ފީޑްބެކް އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.