މާޅޮސްމަޑުލުއުތުރުބުރީ ވާދޫ ސްކޫލްގެ ގްރޭޑް ތިނެއްގެ ދަރިވަރުން ރަށުގެ ތިން މުއައްސަސާއަށް ޒިޔާރަތްކޮށް މޫސުމާބެހޭ މައުލޫމާތު ޕްރެސެންޓްކުރުމާއެކު، ދަރިވަރުން ތައްޔާރުކުރި މޫސުމާއި ބެހޭ މައުލޫމާތު ކިޓް މުއައްސަސާތަކަށް ހަދިޔާކޮށްފިއެވެ.

އެ ޕްރޮޖެކްޓަކީ ބޭސްޑް ލާރނިންގްގެ ދަށުން ކުރިއަށްގެންދެވުނު ފިލާވަޅެއް ކަމަށް ވާދޫ ސްކޫލުން މައުލުމާތުދެއެވެ.

ވާދޫ ސްކޫލްގެ ގްރޭޑް ތިނެއްގެ ދަރިވަރުންގެ އެ ޕްރޮޖެކްޓް ފުރިހަމަކުރުމަށްޓަކައި ރ.ވާދު ކައުންސިލާއި، ވާދޫ ސިއްހީ މަރުކަޒު، ވާދޫ ފެނަކަ ބްރާންޗްގެ އިތުރުން ވާދޫ ވަފްދު ޖަމިއްޔާ އިން ދެއްވި އެއްބާރުލުން ފާހަގަކޮށް ވާދޫ ސްކޫލުން ވަނީ އެ މުއައްސަސާތަކަށް ޝުކުރު ދަންނަވާފައެވެ.