ބޭނުންވާ ތަކެތި
1 ޕިއްޒާ ބްރެޑް
2 ޖޯޑު ހިމުންކޮށް ކޮށާ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް ލައިގެން ކައްކާ މަޑުކޮށްފައި ހުރި ބީފް
2 ކެޕްސިކަމް ކަރުނަގާ ހިމުންކޮށް ކޮށާފައި
1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ބެލް ޕެޕަރ
1 ޖޯޑު ޕީލްޑް ޓޮމާޓޯ
2/1 ޖޯޑު ޕެރި ޕެރި ޓޮމާޓޯ ސޯސް
3/1ސައި ސަމުސާ މުގުރި އަސޭ މިރުސް
2 ފިޔާ ( ވަރަށް ހިމުންކޮށް ކޮށާފައި)
3 ޓޮމާޓޯ ( ފޮތިކޮށްފައި)
1/2 ޖޯޑު ޓޮމާޓޯ ސޯސް
1/2 ޖޯޑު ޗިލީ އެންޑް ގާރލިކް ސޯސް
1 ޗިކަން ކިއުބް
2 ޖޯޑު ބައި ގާނާފައި ހުރި މޮޒެރެއްލާ ޗީޒް
2 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)
ލޮނުކޮޅެއް
ބަޓަރު ކޮޅެއް
ތައްޔާރުކުރާނެގޮތް
ތަވާ އުނދުން މައްޗަށް އުދާލާށެވެ.
ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ، ލޮނުމެދު ބީފް އަދި ކެޕްސިކަމް . ބެލްޕެޕެޕަރ އަޅާފައި ދޭފަތުން ހަލަމުން ދާށެވެ.
ފިޔާކޮޅު މޯޅިވެ ރޯފިލުމުން ، އަސޭމިރުސް ، . ކިއުބް ޕީލްޑް ޓޮމާޓޯ، ޓޮމާޓޯ ސޯސް،ލޮނު، އަޅާފައި ރަހަ ނިކުންނަ ވަރަށް ކެކުމުން އަުނދުން މަތިން ބާލާށެވެ.
ޓްރޭއެއްގައި ތުނިކޮށް ބަޓަރު ހާކާލާފައި ފުށްގަނޑު ޓްރޭގައި ބާއްވާށެވެ.
ފުށްގަނޑުގެ މަތީގައި ބަޓަރުކޮޅެއް ނުވަތަަ ޓޮމާޓޯ ސޯސްކޮޅެއް ހާކާލާށެވެ.
މަސްގަނޑު ފަތުރާލާފައި މަތީގައި ޓޮމާޓޯ ފޮތި ތައް އަތުރާލާފައި ޕެރި ޕެރި ސޯސް ބުރުވާލާފައި އެންމެ މައްޗަށް ޗީޒް ވިއްސާލާށެވެ.
ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.
އޮލިވްސް ކޮޅެއް ނުވަތަ މަޝްރޫމް ކޮޅެއް ފޮތިކޮށްފައި ޗީޒް އެޅުމުގެ ކުރިން ފެތުރިދާނެ ( ބޭނުމިއްޔާ)
ނޯޓް: މި ރެސިޕީއަކީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާންމުކޮށްފައިވާ ގޮތަށް ބަދަލު ނުގެނެސް ވާދޫ ލައިވްއަށް ނަކަލުކޮށްފައިވާ ރެސިޕީއެކެވެ.
