ބޭނުންވާ ތަކެތި
2 ޖޯޑު ފުަށް
2 ބިސް
1 ޖޯޑު ބައި ހަކުރު
2 ޖޯޑު ބައި ކާށި ބޯކިރު
1 ސައި ސަމުސާ ބައި ބޭކިންގ ޕައުޑަރ
1 ސައިސަމުސާ ބައި ވެނީލާ އެސެންސް
ދިވެހި ހަކުރު ކަރު ހަކުރު ނުވަތަ މާމުއި
ތައްޔާރުކުރާނެ ގޮތް
ފުށާއި ކިރު ބޭކިންގ ޕައުޑަރ ހަކުރު ބިސް ، އެސެންސް ވެސް އެއްކޮށްފައި ރަނގަޅަށް ގިރާލާށެވެ.
ތަވާ ދޮންކޮށްގެން ތަވާގައި ތެޔޮފޮދެއް ހާކާފައި ރީތި ސައިޒަކަށް ފޮޅި އަޅާށެވެ.
ތަށްޓެއް ގައި އަތުރާފައި ދިވެހި ހަކުރު ،ކަރު ހަކުރު ނުވަތަ މާމުއި ފޮދަކާއި އެކު ބޭނުންކޮށްލާށެވެ.

ނޯޓް: މި ރެސިޕީއަކީ ރާއްޖޭގެ މަޝްހޫރު ކެއްކުންތެރިޔާ ޖުވޭރިޔާ ވަޖުދީ އާންމުކޮށްފައިވާ ގޮތަށް ބަދަލު ނުގެނެސް ވާދޫ ލައިވްއަށް ނަކަލުކޮށްފައިވާ ރެސިޕީއެކެވެ.