ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ފަހިޕޭއިން ހަމަޖައްސައިފިއެވެ.

ފަހިޕޭއިން ބުނީ، ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

ފަހިޕޭ މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންވާ ރަށެއް ޙިޔާރުކޮށް ޒަކާތް ދެއްކުމުން، ރަމަޟާންމަސް ނިމޭއިރު ޒަކާތު ފައިސާ، ފަޤީރުންނާއި މިސްކީނުންގެ އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާ ގުޅިގެން ފަހިޕޭއިން ވަނީ ހަމަޖައްސާފައެވެ.

ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާއާއި، ތިމާ ހަރަދު ކުރަން ޖެހޭ މީހުން، އީދު ވިލޭރެއާއި، އީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާއާއި ތިމާ ހަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމައުގެ ފަގީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ ޞަދަޤާތެކެވެ.

ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ގޮތުގައި، ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ، ހިޖުރައިން ދެ ވަނަ އަހަރުއެވެ. އެއީ، ރަމަޟާން މަހުގެ ރޯދަ ވެސް، ފަރުޟު ކުރެއްވި އަހަރެވެ.

ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށް ވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ.

މިކަން ބަޔާންކުރައްވާ، ރަސޫލު ﷲ ސައްލައް ﷲ އަލައިހި ވަސައްލަމަ ހަދީސްފުޅު ކުރައްވައިފައިވާ ކަމަށް، (عَبْدُ الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

”ހަމަކަށަވަރުން، ރަސޫލާ، މީސްތަކުންގެ މައްޗަށް ރަމަޟާންމަހު، ފިތުރު ޒަކާތް ފަރުޟު ކުރައްވާފައިވެއެވެ. އެއީ ކަދުރުން ނުވަތަ ގޮދަނުން، ސާއެއްގެ މިންވަރެވެ. މުސްލިމުންކުރެ ކޮންމެ ފިރިހެނަކާއި، އަންހެނެއްގެ މައްޗަށާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށްވާ ވާޖިބެކެވެ.“

ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ، ރަށުގައި އާއްމުކޮށް، ކައިބޮއެ އުޅޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އިސްވެދިޔަ (عَبْد الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ހަދީސް، މިކަމަށް ދަލީލުކުރެއެވެ. އަދި (أبِيْ سَعِيْد الْخُدرِيِّ) ރިވާ ކުރެއްވި ކަމަށް، (الْإمَام الْبُخَارِيِّ)، (صَحِيْح الْبُخَارِيّ) ގައި ލިޔުއްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

”ތިމަންމެން، ކީރިތި ރަސޫލާގެ ޒަމާނުގައި، ފިތުރު ޒަކާތުގެ ގޮތުގައި ނެރެނީ، ކާއެއްޗެއްގެ ސާއެއްގެ މިންވަރެވެ، އަދި އެދުވަސްވަރު، ތިމަންކަލޭގެފާނުމެންގެ އާއްމު ކެއުމަކަށް ބޭނުންކުރެވެނީ، ގޮދަނާއި، ކަދުރާއި، ހިކި މޭބިސްކަދުރެވެ.“
1445 ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކެވުމަށް ފަހިޕޭ ޚިޔާރު ކުރައްވާ!


ލަސްނުކުރައްވާ ޒަކާތް ދައްކަވާ!

https://fahipay.mv/zakat/