ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންގެ މިޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މި ފުރުނީ 21 އަހަރުކަމާއި، 2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ޙާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ އެ ހިތާމަވެރި ޙާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”އެ ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް އެރި ބޮޑު ރާޅާއެކު ގޯތިގެދޮރު ގެއްލި، ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ރައްޔިތަކާއި ކޮންމެ ޢާއިލާއަކުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ހިތްވަރާއެކު ފެށި މަސައްކަތުގައި ބަރަކާތް ލެއްވުމަށާއި ކާމިޔާބީއަށް އެދުން“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކ،ީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތިއުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެން އިސްކުރާ އެއްބައިވަންތަކަންކަމަށެވެ. އަދި އުޚުއްވަތްތެރ،ި އެއްބަނޑުއެއްބަފާ ބަޔެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ ޤައުމު ސަލާމަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް އަޅުގަނޑުމެން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއްވެއްޖެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ސުނާމީގެ އުނދަގޫ ޙާލަތުން އަރައިގަނެ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދ،ީ ޤައުމު އަލުން އާރާސްތުކުރުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރ،ީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާ صلى هللا عليه وسلم ގެ ހަދީޘްފުޅުން ޢިބްރަތް ލިބިގަނެ ”އެއް ހަށިގަނޑެއްގެ“ މިސާލުގައެެވެ“ ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުނާމީ ކާރިސާއިން އަޅުގަނޑުމެންނަށް ލިބުނު ޢިބްރަތްތައް ގިނަގުނަކަމަށެވެ. އޭގެތެރޭގައި ކޮންމެ ޙާލަތެއްގައިވެސް މާތްاللهއަށް ވަކީލުކުރުމާއި، އެ އިލާހުގެ ޙަޟްރަތުން ވާގި އެދ،ި ދުޢާކޮށް ހެޔޮނިޔަތުގައި މަސައްކަތް ކުރުން ހިމެނޭކަމަށެވެ. އަދި އެމީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖްތިމާޢީ ފައިދާއަކީވެސް ލިބުނު ޢިބްރަތްތަކެއްކަމަށް ރައީސް ވިދާޅުވިއެެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާއަކީވެސް ސުނާމީ ކާރިސާއިން އަޅުގަނޑުމެންނަށް ލިބުނު ޢިބްރަތްތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.