ލ.ގަމުގެ އިރުން “އިންޓަރގްރިޓީ ސްޓަރ” ނަމަކަށް ކިޔާ ކާގޯ ބޯޓެއް އޮޔާދާތީ،ސަމާލުވުމަށް އެދެފިއެވެ.
އެމްއެންޑީއެފް އިން ބުނީ މި ބޯޓު އޮޔާދަނީ ލ.ގަމުގެ އިރުން ގާތްގަނޑަކަށް 48 މޭލު ބޭރުން އުތުރުން ދެކުނަށް ކަމަށެވެ.
އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަކޮށް ސަމާލުވުމަށް ވަނީ އެދިފައެވެ.