ރ. ވާދޫން ބަންޑާރަ ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ބުނީ 2023 ވަނަ އަހަރު ރ. ވާދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅާފައިވާ 2000 އަކަފޫޓުގެ 59 ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތައް އިވަލުއޭޓްކޮށްފައިވާ ކަމަށެވެ.

އަދި އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ދާއިމީ ލިސްޓު އެކުލާވާލާފައިވާ ކަމަށެވެ.

މި ލިސްޓު އެ ކައުންސިލްގެ އިދާރާއީން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައެވެ. އަދި ކައުންސިލުން ވަނީ ވާދޫން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބުނު 59 ފަރާތުގެ މައުލޫމާތު އާންމުކޮށްފައެވެ.

ވާދޫ ކައުންސިލުން ބުނީ، ބަންޑާރަ ގޯތި ދޫކުރަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ”ރ. ވާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރާނެ ގޮތުގެ އުޞޫލު“އާ އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސް ދީ، އެންމެ މަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ.

ރ. ވާދޫން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް
ރ. ވާދޫން ބަންޑާރަ ގޯތި ލިބޭ ފަރާތްތައް