ރ. މީދޫ ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައި ހުންނަ ދަތުރުވެރިންގެ ހިޔާ ނުވަތަ ވިޒިޓާސް ލައުންޖްގެ ބައެއް މަސައްކަތްތައް، ވީހާ ވެސް ކުޑަ އަގެއްގައި ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މީގެ ކުރިން ވެސް، މާޑޮސްމަޑުލު އުތުރުބުރި މީދޫ ކައުންސިލުން މި މަސައްކަތްތަކަށް ބަޔަކު ހޯދަން އިއުލާން ކުރި އެވެ.

މިއަދު އެ ރަށު ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ކުރިން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފަރާތްތަކުގެ އަގުތަކަކީ ބޮޑު އަގުތަކެއްކަން ފާހަގަވާތީ އެ އިއުލާން ބާތިލްކޮށް މުޅިން އާ އިއުލާނެއް ނެރުނީ ކަމަށެވެ.

އިއުލާނާއެކު ކުރަން ބޭނުންވާ މަސައްކަތްތައް ލިސްޓުކޮށްފައިވެ އެވެ.

  • ވިޒިޓާސް ލައުންޖުގެ ތެރެއިން ނެރެފައިވާ ވަޅުފެން ހޮޅި މޯޓަރަށް، 55 ފޫޓު ހޮޅިއެޅުން
  • އަމިއްލަ ތަކެތީގައި މޯޓަރު ހަރުކޮށް ފެން ގުޅުން
  • އަމިއްލަ ތަކެތީގައި، 20 ފޫޓު ހޮޅި ނަރުދަމާ ގުޅުން
  • އަމިއްލަ ތަކެތީގައި، 20 ފޫޓު ހޮޅީގެ ސަޕްލައިފެން ގުޅުން
  • ކައުންޓަރުގެ ކަބަޑު ސެޓްތައް ހެދުން އަދި ހެޑްބޯޑް ހެދުން
  • ކައުންޓަރުގައި 1 ސިންކް ހަރުކުރުމާއި ފެން ގުޅުން
  • އަމިއްލަ ތަކެތީގައި، ދެ އެލްމިނިއަމް ޕާޓީޝަން، ދޮރާއެކު ހަރުކުރުން
  • 3600 އެމްއެމް ދިގު 1371 އެމްއެމް އުސް ރޯލަރ ޝަޓަރ ހެދުމާއި ހަރުކުރުން
  • ދެކުނު ސަރަހައްދުން 4250 އަކަފޫޓުގެ ބިން ލެވެލްކުރުން
  • ބޮޑެތި ގަސް ބަހައްޓައިގެން ކޮންމެ ގަހެއްގެ ދިމާލުގައި ފަސް ފޫޓް ޑައިމީޓަރުގެ ބުރު ރޭނު
  • ދެކުނު ސަރަހައްދުން 4073 އަކަފޫޓުގައި ގާ ޖެހުން (ކައުންސިލުން ގާ ދޭނެ)
  • 8 ފޫޓް 4 ފޫޓް ގެ 4 ޕާޓިޝަން ޖެހުން
  • ހަ ގާޑަން ލައިޓް އިންސްޓޯލް ކުރުމަށް ބޭނުންވާ ކަރަންޓް ނަރުއެޅުން

ބީލަމާ ގުޅޭ މައުލޫމާތު އޮންނާނީ ހޯމަ ދުވަހު ހެނދުނު މީދޫ ކައުންސިލް އިދާރާގަ އެވެ. ބައްދަލުވުމުގައި ބިޑަށް ކުރިމަތިލެވޭނީ، ބިޑަށް ރަޖިސްޓްރީވާން އެ ކަމަށް އޮންނަ ހާއްސަ ފޯމު މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބައްދަލުވުމުގެ ކުރިއަށް ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އެދިފައިވެ އެވެ.