ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ރ. ވާދޫ ލައިވްއަށް ދޭން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިގޮތަށް ނިންމީ، ރ. ވާދޫ ލައިވްގެ ޗީޕް އޮޕަރޭޓިންގ އޮފިސަރ އައިމިނަތު އާލާ ޢަލީ ސޮއިކުރައްވައި، އެ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެ ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުއެވެ.
ރ. ވާދޫ ލައިވްއިން ޝައުގުވެރިކަން ފާޅުކުރީ އިޖުތިމާޢީ ޒިންމާގެ ދަށުން ހިލޭ ސާބަހަށް މުބާރާތުގެ ކަވަރޭޖްގެ މަސައްކަތް ކޮށްދިނުމަށެވެ.
އެ ކައުންސިލުން ބުނީ، ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024ގެ މީޑިއާ ޕާޓްނަރުކަން ރ. ވާދޫ ލައިވްއަށް ދިނުމަށް
ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
ހިލޭ ސާބަހަށް މިކަން ކޮށްދިނުމަށް އިސްވެ ހުށަހެޅުމުން، އެ ކައުންސިލުން ވަނީ އެކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.
މި މުބާރާތް އޮންނާނީ، 2024 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހު ރ. ވާދޫ ފުޓްސަލް ގްރައުންޑްގައެވެ.
