މިހިނގާ މަހު ފެށުމަށް ހަމެޖެހިފައިވާ ރ. ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024ގެ އޯޕެނިންގ މެޗްގައި ބްލެކް ފެންޓަސީއާއި ނިއުބޯން އެފްސީ ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.
31 ޑިސެމްބަރު 2024 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗްގައި ބްލެކް ފެންޓަސީއާއި ނިއުބޯން އެފްސީ ކުރިމަތިލާނީ އެ ދުވަހުގެ ހަވީރުއެވެ. ކައުންސިލުން އިންތިޒާމްކުރާ މިމުބާރާތް ހިންގަނީ އެސްނާ އިންވެސްޓްމަންޓްސްގެ ފަރާތުންނެވެ.
މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.
ޖުމުލަ ތިން ޓީމެއް ވާދަކުރާ، ރ. ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގޮތް:
31 ޑިސެމްބަރު 2024 – ހަވީރު 4:45
ބްލެކް ފެންޓަސީ | ނިއުބޯން އެފްސީ
1 ޖެނުއަރީ 2025 – ހަވީރު 4:45
ނިއުބޯން އެފްސީ | ފްލައިން ޑަޗްމެން
2 ޖެނުއަރީ 2025 – ހަވީރު 4:45
ފްލައިން ޑަޗްމެން | ބްލެކް ފެންޓަސީ
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.
