ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024/25 ގެ އެންމެ ފަހު މެޗު ކާމިޔާބުކޮށް، އެއްވެސް މެޗަކުން ބަލިނުވެ ޝަރަފުވެރިކަމާއެކު ފްލައިން ޑަޗްމެން ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި އެ ޓީމުން އެންމެ ފުރަތަމަ މޮޅެއް ހޯދީ، ނިއުބޯން އެފްސީގެ މައްޗަށް ގަދަވެގެންނެވެ.

މިމުބާރާތުގައި ފްލައިން ޑަޗްމެންގެ ފުރަތަމަ ކުރިމަތިލުމުގައި އެ ޓީމުން މެޗު ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުން ފަސޭހަކަމާއެކުގައެވެ. އަދި އެ ޓީމުން ކުޅުނު ފަހު މެޗުގައި ބްލެކް ފެންޓަސީ ބަލިކޮށް ފައިނަލަށް ދަތުރުކުރީ 5-4 ގެ ހަނި ފަރަގަކުންނެވެ.

މިމުބާރާތުގެ ފައިނަލްގައި ފްލައިން ޑަޗްމެން ނުކުންނާނީ ނިއުބޯން އެފްސީއާ ދެކޮޅަށެވެ. މިމުބާރާތް ހުޅުވައިދިން މެޗުގައި ފަހަތުން އަރައި ބްލެކް ފެންޓަސީ ބަލިކޮށް، ނިއުބޯން އެފްސީން މުބާރާތް ފެށީ ގަދަކޮށެވެ.

ނަމަވެސް، ދެވަނަ މެޗުގައި ނިއުބޯން އެފްސީގެ މައްޗަށް ފްލައިން ޑަޗްމެން ކުރި ހޯދީއެވެ.

އެސް.ނާ އިންވެސްޓްމަންޓުން ހިންގާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ 4 ޖެނުއަރީ 2025ގެ ހަވީރު 4:30ގައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރ. ވާދޫ ލައިވްއެވެ.

”ފަހިޕޭ ރ. ވާދޫ ކައުންސިލް ފުޓްސަލް ކަޕް ކަވަރޭޖް“ ރ. ވާދޫ ލައިވްއިން ގެނެސްދެނީ ”ފަހިޕޭ“ގެ ހެޔޮއެދުންތަކާއެކުއެވެ. ރ. ވާދޫ ލައިވްގެ ކަވަރޭޖްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭއެވެ.