ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރ. ވާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެރަށުގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެރަށު ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ.
އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހުސައިން އަލީއެވެ. އަދި ބީއެމްއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރ ފޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ.
މި އެއްބަސްވުމަަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު ސަރުކާރުން އިފްތިތާހުކޮށްފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަހަރު ނިމެންވާ އިރަށް ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
