ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ވިނައިލް އެޅުމަށް ޕްރޮކްސީ ގުރޫޕާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮކްސީ ކުންފުނީގެ މެނޭޖަރ މުޙައްމަދު އައިހަމް އަޙްމަދު ޝާހިދުއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ ދެ ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.
އުނގޫފާރު އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ކުރިން ވިނައިލް އެޅުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވީ ”އަހާ ފޯރަމް“ގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
”އުނގޫފާރު އިސްލާމިކް ސެންޓަރުގައި އިރާދަކުރެއްވިއްޔާ ރަމަޟާން މަހުގެ ކުރިން ކާޕެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން ދެން“
މި މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގެ ޙާލަތު ރަނގަޅުކޮށް ފެންވަރު މަތިކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
