ރ. ރަސްމާދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ޙުސައިން ސިދާންއާއި އައިޝަތު އީޝާ މުހައްމަދު ޒުހުރީ ހޮވިއްޖެއެވެ.

މިކަން ހާމަކޮށް، ދަރިވަރުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ އެ ސްކޫލުން ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައެވެ.

އެ ސްކޫލްގެ އެންމެ މަތީ އަރުތަވެރީންގެ އިތުރުން އިތުރު އަރުތަތައް ހާސިލުކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި ވަނީ އަގުވަޒަންކޮށް އިނާމުދީފައެވެ

ޙުސައިން ސިދާން ހޮވިފައި ވަނީ ރަސްމާދޫ ސްކޫލުގެ 2022 – 2023 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށެވެ. އަދި އައިޝަތު އީޝާ މުހައްމަދު ޒުހުރީ ހޮވުނީ 2023 – 2024 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށެވެ.