ރ. ވާދޫގައި އަލަށް އާބާދުވެފައިވާ ސަރަހައްދުތަކުގައި ޖެހުމަށް މަގުބައްތި ދަނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމުގެ ބޭނުމަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.
ވާދޫ ކައުންސިލުން ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2025 މެއި 22 ވަނަ ދުވަހުން ފެށިގެން 2025 ޖޫން 01 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް) ނަންނޯޓު ކުރުމަށް އެދޭ ކަމަށެވެ.
ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރާނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.
ވާދޫ ކައުންސިލުން ބުނީ، މި މަސައްކަތާ ގުޅިގެން ނަންނޯޓުކުރާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:30 ގައި އެ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށާއި 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިއުލާންގައި ބުނެފައިވާ ގޮތުގައި، އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:01 ގައި އެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.
މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
”ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. އަދި އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ.“ ވާދޫ ކައުންސިލުން ގެޒެޓްކުރި އިއުލާންގައި ބުންޏެވެ.
