މިހިނގާ ދިރާސީ އަހަރަށް، ރ  އުނގޫފާރު ސްކޫލްގެ ކެޕްޓަނަކަށް ފާޠިމަތު އަމާނީ އަޙްމަދު ފިކުރީ އައްޔަންކޮށްފިއެވެ.

އަމާނީއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައި ވަނީ، އުނގޫފާރު ސްކޫލުގެ އިސްވާރުންނަށް މަގާމު ހަވާލުކުރުމަށް ބޭއްވި ހާއްސަ ހަފުލާގައެވެ.

އުނގޫފާރު ސްކޫލްގެ އިސްވާރުންނާއެކު އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް ފޮޓޯއަކަށް ހުއްޓިގެން

އުނގޫފާރު ސްކޫލުގެ އިސް މަގާމުތަކަށް އައްޔަންކުރި ދަރިވަރުން:

  •  ސްކޫލްގެ ކެޕްޓަން – ފާޠިމަތު އަމާނީ އަޙްމަދު ފިކުރީ – 10އެސް
  • ޑެޕިއުޓީ ސްކޫލް ކެޕްޓަން – މުޙައްމަދު މާހިލް މަޠީން – 10ބީ
  • އެކްޓިވިޓީ ކެޕްޓަން – އާއިޝަތު އަފާ ބިންޠި އަސްފާމް – 9އެސް
  • ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަން – ޒާން ބިން ނިޒާމް – 9އެސް

މީގެ އިތުރުން އާ ދައުރަކަށް އައްޔަންކުރި، ޕްރިފެކްޓުންނާއި ހައުސް ކެޕްޓަނުން އަދި ކްލަބްތަކުގެ ލީޑަރުންނަށް ވެސް ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފައެވެ.