މާޅޮސްމަޑުލު އުތުރުބުނީ އަތޮޅު ކައުންސިލުން ރ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އަރުތަ ހޭންޑްބޯޅަ މުބާރާތުގެ މިއަހަރުގެ މުބާރާތުގެ ފައިނަލުގައި މިއަދު ރ. މަޑުއްވަރީ ބަލިކޮށް ރ. ދުވާފަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މެޗްގެ ފުރަތަމަ ހާފު ނިމުނުއިރު 5-6ގެ ނަތީޖާއަކުން ލީޑުގައި އޮތީ މަޑުއްވަރީއެވެ.
ނަމަވެސް ދެވަނަ ހާފުގައި ދުވާފަރު ޓީމުން ކުޅުން ވަރުގަދަކޮށް މި މެޗް ކާމިޔާބުކުރީ 21 -15ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
ދުވާފަރަކީ މިދިޔަ އަހަރު މި މުބާރާތުގެ ރަނަރއަޕްވެސް މެއެވެ.
