ފުރަތަމަ ޞަފްޙާ
ވާދޫ
ޚަބަރު
އަތޮޅު
ރިޕޯޓް
ދީން
ކުޅިވަރު
ސިޔާސީ
ވާހަކަ
ފުރަތަމަ ޞަފްހާ
ވާދޫ
ޚަބަރު
އަތޮޅު
ރިޕޯޓް
ދީން
ކުޅިވަރު
ސިޔާސީ
ވާހަކަ
ރ. އަތޮޅުގައި އާރްޓީއެލް ފެރީ ދަތުރުތައް ކުރާނެ އަގުތައް އެމްޓީސީސީން އާންމުކޮށްފި
އައިމިނަތު ޒައިނާ (ޒައީ)
01 ޖުލައި 2025
ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ – އެމްޓީސީސީން އާންމުކޮށްފިއެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރި މަސައްކަތެކެވެ. އެގޮތުން ރާއްޖެއަށް ހައި ސްޕީޑް ފެެރީގެ ނިޒާމެއް ކަމަށްވާ އާރްޓީއެލް ފެރީގެ ޙިދުމަތް ތައާރަފުކުރިއެވެ.
އެ ޚިދުމަތަކީ ރައްޔިތުންނަށް ބޭނުންތެރި ޚިދުމަތަކަށް ވާތީ، އާރްޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުންވެސް ދަނީ ކުރަމުންނެއެވެ.
އާރްޓީއެލް ފެރީގެ ޙިދުމަތް މިހާރު ޖުމްލަ 10 އަތޮޅެއްގައި ވަނީ ފަށާފައެވެ. އެންމެފަހުން މި ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގައެވެ. ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު މިއަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ.
ރ. އަތޮޅުގައި ޖޫންމަސް ނިމުމުގެ ކުރިން އާރްޓީއެލް ފެރީ ޚިދުމަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ. އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
އެކްސްފައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވަޢުދާ އެއްގޮތަށް ރ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، ޖުލައި މަސް ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގައިވެސް ޚިދުމަތް ފައްޓަވާނެކަމަށެވެ.
ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅުވެސް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ގިންތި: ޚަބަރު, ރާއްޖެ, އަތޮޅު, ވިޔަފާރި
ޓެގް: ރ. އަތޮޅު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) އެމްޓީސީސީ
އިތުރު ލިޔުންތައް
ރ. އަތޮޅުގައި އާރްޓީއެލް ފެރީ ދަތުރުތައް ކުރާނެ އަގުތައް އެމްޓީސީސީން އާންމުކޮށްފި
ވާދޫއިން ރުއްނެގުމުގައި ގަވާއިދާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއް އީޕީއޭއިން ބަލަނީ
ވާދޫއިން ރުއްނެގުމުގެ މަސައްކަތް ހުއްޓާލަައިފި
ފައިނު އެކްސިޑެންޓް: ދެ ކުދިން ވެންޓިލޭޓަރުން ނަގައިފި، ޓީޗަރު އަދިވެސް ވެންޓިލޭޓަރުގައި
މީގައިވަނީ ރ. ވާދޫ ލައިވްގެ ފިކުރީމުދަލެވެ.
އުފައްދާފައި ވަނީ ރ. ވާދޫގައެވެ.