ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މިރޭ22:30 އިން ދަންވަރު03:30 އަށް މި ސަމާލު ނެރެފައިވާއިރު، މި ވަގުތުތަކުގައި ގަޑިއަކު19 މޭލާއި24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެއެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވަނީ ދެކުނުގެ އެކި ހިސާބުތަކަށްް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

މީގެ އިތުރުން، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު13 މޭލާއި23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.