މަދު ރަށްތަކަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުމަދު ރަށްތަކަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ވަނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެ އޮފީހުން ބުނީ ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ކުރިއަށް މިދަބީ ހުޅަނގު މޫސުމުގެ 9 ވަނަ ނަކަތް އަހުލިހަ ނަކަތުގެ ދުވަސްތަކެވެ.
އަހުލިހަ ނަކަތަކީ ޖުލައި މަހުގެ29 ވަނަ ދުވަހުން ފެށިގެން އޮގަސްޓުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
ލަފާކުރެވޭގޮތުން މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. ވައިމަޑުވުމާއެކު ކަނޑުތައް ވެސް މަޑުވާނެއެވެ. ވައިޖެހޭނީ ސީދާ ހުޅަނގުންނެވެ.
ލަފާކުރެވޭގޮތުން ވައިގެ ބާރުމިން ހުންނާނީ އެވްރެޖުކޮށް ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ވާރޭގެ މިންވަރު ހުންނާނީ 2.65 އިންޗީގައެވެ. މި ނަކަތުގައި މަސްވެރިކަން ރަނގަޅުވާނެއެވެ. ފުސް ނަކަތުގައި އަތޮޅުގެ އައްސޭރިފަށާ ކައިރިން ފެނުނު މަސްއައިންތައް މި ނަކަތުގައި މަޑުމަޑުން އަތޮޅުތަކާ ދުރަށް ދާނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ.
