ރ. މަޑުއްވަރީގައި މިރޭ ހަވާއަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން ބުނީ، އަމިއްލަ ފަރާތަކުން ބާއްވާ ހަފްލާއެއްގައި ހަވާއެރުވުމުގެ ހުއްދަދީފައިވާ ކަމަށެވެ.
މި ހުއްދަ ދީފައި ވަނީ، މިރޭ 10:00 އާއި 11:00އާ ދެމެދުގައެވެ. މި ހުއްދަ ދީފައި ވަނީ ދެކުނު ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ވައާއެރުވުމަށް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
މިއީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޚާއްސަ ހަރަކާތްތަކާއި ހަފްލާތަކާ ގުޅިގެން ސިފްކޯއިން ދަނީ ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.
