ރ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އަޒްރޯވާ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަޝްރޫއު ހުއްޓި، ގިނަ ދުވަސްވަމުންދާތީ ރ. ވާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ޔާމީން ފައިސަލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ތިން އަހަރުވާން ގާތްވެފައިވާއިރު، މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް އަލުން ފަށާފައި ނުވާ ކަމަށެވެ.
12 ޖޫން 2019ގައި އެ ކުންފުންޏާ ހަވާލުކުރި މިމަޝްރޫއުގެ ދަށުން ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް 2021 ވަނަ އަހަރު ފަށާފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން 4.2 ކިލޯމީޓަރގެ ހޮޅި ވަޅުލުމަށް ހަމަޖެހިފައިވީ ނަމަވެސް، ހޮޅި ވަޅުލުމުގެ މަސައްކަތްވެސް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ.
މިމަސައްކަތް ފެށުމަށް ވާދޫއަށް ގެނެސްފައިވާ އާލާތްތައް ރަށުގެ އެތައްމިތަނަށް ދޫކޮށްލާފައިވާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތައް ވަމުންދާ ކަމުގެ ޝަކުވާ ވާދޫ ކައުންސިލަށް ލިބެމުންދާކަން އެ ކައުންސިލުން ފާހަގަކުރެއެވެ.
އެ ކައުންސިލުން ފާހަގަކުރާ ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ މިފަދަ އަސާސީ ޚިދުމަތެއްގެ މަސައްކަތް މިހާ ގިނަ ދުވަހު ނުނިމި ދިގުލައިގެން ދިޔައިރުވެސް ސަރުކާރުން އެކަމަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވެއެވެ.
ރ. ވާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 19.2 މިލިޔަން ރުފިޔާއެވެ. މި މަސައްކަތްތަކަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.
ސަރުކާރުގެ ފަރާތުން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
- ރ. ވާދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް އަޒްރޯވާ ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައިވާ މަޝްރޫއު ހުއްޓި، ގިނަ ދުވަސްތަކެއް ވަނީވެފައި — ފޮޓޯ: ޔާމީން ފައިސަލް/ ފޭސްބުކް