ވާދޫ ސްކޫލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމީ ގަދަ 10ގެ 1ވަނައިގައި ދަރިވަރަކު ހިމެނިއްޖެއެވެ.
މި ތާރީޚީ ރަންވަނަ ހާސިލުކޮށްފައިވަނީ ރ. ވާދޫގައި ހުންނަ ރަށު ސްކޫލުން 2025/2024 ވަނަ އަހަރު އެސް.އެސް.ސީ/ އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ހެދި، އިޔާޝް ޢަލީއެވެ. އިޔާޝް އެއްވަނައިގައި ހިމެނިފައި ވަނީ ބައިވެރިވި 8 މާއްދާއިން A* ހޯދައިގެންނެވެ.
އިޔާޝްގެ އިތުރުން އެ ސްކޫލްގެ ދަރިވަރު ފާތިމަތު އާލާ އަރީފްވެސް ވަނީ ގައުމީ ގަދަ 10 އިން ޖާގަ ހޯދާފައެވެ. އާލާ ހިމެނިފައި ވަނީ ގައުމީ ގަދަ 10ގެ 7 ވަނައިގައެވެ.
ފާއިތުވި ތިން ދިރާސީ އަހަރުގައިވެސް ވާދޫ ސްކޫލްގެ ދަރިވަރުން ވަނީ ގައުމީ ގަދަ 10ގައި ހިމެނިފައެވެ.
ފާއިތުވި ދިރާސީ އަހަރު އެ ސްކޫލުން އޯލެވެލް އިމްތިހާންތައް ހެދި 80 އިންސައްތަ ދަރިވަރުން ވަނީ ބައިވެރިވި 8 މާއްދާއިން ފާސްވެފައެވެ.
