ރ. ވާދޫ ސިއްޙީ މަރުކަޒުގައި އައުޓްރީޗް ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޯބަރު 6 ވާ (މާދަމާ) ހޯމަ ދުވަހުގައެވެ.
މި ޕްރޮގްރާމްގައި އެ އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ކަރުން މަތީގެ ޚާއްޞަ ޑޮކްޓަރުންނާއި، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންނާއި، އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ހިމެނެއެވެ.
ސިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި ޑޮކްޓަރަށް ދައްކަން ބޭނުންފުޅުވާ ފަރާތްތަކުން މިއަދު (05 އޮކްޓޯބަރ) މެންދުރުފަހު 14:00 ގެ ކުރިން 9490399 މި ނަންބަރަށް ގުޅައި ނަން ނޯޓުކުރަން ޖެހެއެވެ.
މި ފަދަ އައުޓްރީޗް ޕްރޮގްރާމްތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ.