ވާދޫ ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިން ކުރުމުގެ ފުރުސަތު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ހުޅުވާލައިފިއެވެ.
2025 ވަނަ އަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ރ. ދުވާފަރުގައެވެ. މިގޮތުން ދުވާފަރުގައި ފާހަގަކުރާ މަސްވެރިކަމުގެ ދުވަހާ ގުޅިގެން ރ. އަތޮޅުގައި ކޮންމެ ރަށެއް ރަމްޒުކޮށްދޭ މޮނިއުމަންޓެއް އެރަށުގައި ބެހެއްޓުމަށް އެރަށު ކައުންސިލުން ވަނީ ފުރުޞަތު ދީފައެވެ.
އެހެންކަމުން ވާދޫ ކައުންސިލުން ވަނީ ވާދޫ ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
- 1. ބިނާގެ ޝަރުތު
– މި މުބާރާތަށް ހުށަހަޅާ ބިނާގެ ފަރުމާއިން ރ. ވާދޫގެ މަސްވެރިކަމުގެ މުއްސަނދި ތާރީޚާއި، ރަށުގެ މާހައުލާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ސިފަކޮށްދޭން ވާނެއެވެ.
– ބިނާގެ ފަރުމާއަކީ ވާދޫ ރަމްޒުކޮށްދޭ ގޮތަށް ފަސޭހައިން ދެނެގަނެވޭނެ އަދި ހިތްގައިމު އަސަރެއް ފޯރުކޮށްދޭނެ ތަނަކަށް ވާން ޖެހޭނެއެވެ.
– މޮނިއުމަންޓް ހެދުމަށް ހޭދަވާ ތަކެތީގެ އަގު 12000 ރުފިޔާއަށް ވުރެ ބޮޑު ވެގެން ނުވާނެއެވެ.
– ބިނާ ހެދުމަށް ބޭނުންކުރެވޭނެ ތަކެއްޗަކީ ފައިބަރު، ސިމެންތި ނުވަތަ އެސް އެސް ދަގަނޑެވެ.
- 2. އެންމެ ރަނގަޅު ހުށަހެޅުން ހޮވާނެގޮތް:
– ހުށަހަޅާ ފަރުމާތައް އިވެލުއޭޓްކޮށް، އެންމެ ރަނަގަޅު ހުށަހެޅުމެއް ކަނޑައަޅާނީ ވާދޫ ކައުންސިލުންނެވެ.
- 3. ހުށައަޅާނެ ގޮތް:
– ހުށަހެޅުން ހުށަހަޅާއިރު މޮނިއުމަންޓް ގެ ކުރެހުން ކުލަ އެނގޭނެ ގޮތަށް ހުށަހަޅަންވާނެއެވެ.
– މޮނިއުމަންޓް ތައްޔާރު ކުރާ މެޓީރިއަލް ލޭބަލް ކުރެވިފައި ހުންނަންވާނެއެވެ.
– ލައިޓް ބޭނުން ކުރާނަމަ ބޭނުން ކުރާ ލައިޓްގެ ބާވަތާއި ކަރަންޓް އަޅަންވީގޮތް ބަޔާން ކޮށްފައި އޮންނަންވާނެއެވެ.
– ހުށަހަޅާ ފަރާތުގެ ނަމާއި ފޯން ނަންބަރު އެނގޭނެހެން އޮންނަން ވާނެއެވެ.
މޮނިއުމަންޓް ޑިޒައިން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 13:00ގެ ކުރިން ވާދޫ ކައުންސިލަށް މޮނިއުމަންޓްގެ ޑިޒައިން އީމެއިލް ( info@vaadhoo.gov.mv ) ކުރުމަށް އެދޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.