ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ލައިސެންސް ނެގުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީ އިން އެދިއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީ އިން ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ 46 ވަނަ މާްއްދާގެ ދަށުން، ކާބޯތަކެޓިގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް، އެ އަތޯރިޓިގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ، އެހެންކަމުން، ގެސްޓްހައުސްތަކުގައި އެފަދަ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސެންސް ނެގުމަށް ވަނީ އަންގާފައެވެ.

އެގޮތުން، މާލޭ ސަރަހައްދުގައި ނަމަ، އެ އަތޯރިޓީއަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ސިއްހީ މަރުކަޒަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރުމަށް ވެސް އެ އިދާރާއިން އަންގާފައިވެއެވެ.