ނޭޝަނަލް ތޯޗް ރަންގެ ނަމުގައި ދުވުމެއް ބާއްވަން ހެލްތު މިނިސްޓރީން ވަނީ ނިންމާފައެވެ.

މިއީ ޖެނެރޭޝަނަލް ބޭން 2007 ވަނަ އަހަރުން ފެޝިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމަށް ހަދާފައިވާ ގާނޫނަށް އަމަލު ކުރުން ފެޝުމުގެ ގޮތުން އެކަން ފާހަގަކުރުމަށް ކުރިޔަށް ގެންދާ 24 ގަޑީރުގެ ދުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިކަން ހާމަ ކުރުމުގެގޮތުން ހެލްތު މިނިސްޓްރީގެ އެކްސްގައިކޮއްފައިވާ ޕޯސްޓެއްގައި، މިދުވުމަކީ އެކުވެނި ޓްރެކްގައި ބާއްވާ ދުވުމެއްކަމަށާއި މިދުވުން ފަށަން ހަމަޖެހިފައިވާ ތާރީހް 31 އޮކްޓޫބަރު 2025 ވާ ހުކުރު ދުވަސްކަމަށާއި ފަށަން ހަމަޖެހިފައިވާ ވަގުތަކީ އެ ދުވަހު ހަވީރު 16:00ގައި ކަން ވަނީ ހާމަކޮއްފައެވެ.

https://x.com/HPA_MV/status/1983136576960929831?t=U9chP0PVKMAw_yhghtSGSQ&s=19

ދުންފަތުން ދުރުހެލިވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކަސީ ސްޓޯލާއި ފޮޓޯ ބޫތުގެ އިތުރުން ލައިވް މިއުޒިކާއި އެކު ދުވުން ނިންމާލަން ހަމަޖެހިފައިވެއެވެ. އެ ގާނޫނަށް އަމަލު ކުރަން ރަސްމީކޮށް ފަށާނީ 1 ނޮވެމްބަރުވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ފެށިގެންނެވެ.

މި ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް ވާހަކަ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. 

ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާއި ގުޅިގެން 2007 ވަނަ އަހަރުން ފެޝިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި އަދި ފިހާރަތަކުން އެކުދިންނަށް އެބާވަތުގެ ތަކެތި ވިއްކުމަކީ މަނާކަމެކެވެ. އޭގެ ގަވާއިދު ގެޒެޓުގައި ވަރަށް އަވަހަށް ޝާއިއު ކުރާނެއެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އެތަކެތި ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުއެވެ. 

ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމުގެ ގޮތުން 15 ނޮވެމްބަރު 2024 ވަނަ ދުވަހުން ފށިގެން ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް ވިއްކުމާއި ބޭނުން ކުރުން ވަނީ ރާއްޖޭގައި މަނާކޮއްފައެވެ. އަދި މިތަކެތި އެތެރެކޮށް ވިއްކާ ބޭނުން ކުރުމަކީ އޭގެ ސަބަބުން އެކަމެއް ކުރާ މީހަކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަންކަމެވެ.