ރ. ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
6 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް އަލްޓެކް މޯލްޑިވްސް ޕވޓ. ލމޓ. އާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫޢުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ހެދުން ހިމެނެއެވެ.