އެއްކޮޅު ޓިކެޓެއް 170 ރުފިޔާއަށްވުރެ ބޮޑުނުވާ ގޮތަށް، އާރްޓީއެލް ފެރީ ރ. އަތޮޅާއި ނ. އަތޮޅާ ދެމެދު ދަތުރުކުރާ އަގުތައް ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ނ އަތޮޅާއި ރ އަތޮޅާ ދެމެދުގައި ދަތުރުކުރާ އަގުތައް ގެޒެޓްކޮށްފައެވެ.

ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ.

އެންމެ ފަހުން އާރްޓީލްގެ ޚިދުމަތް ފެށީ، މިދިޔަ ޖުލައިމަހުގެ ފަހު ހަފްތާގައި ބ.އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ.

ސަރުކާރުގެ ޢަމާޒަކީ އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ޚިސާބެއްގައި ޚިދުމަތް ފެށުމެވެ.

ލިންކު: އާރްޓީއެލް ފެރީ ރ. އަތޮޅާއި ނ. އަތޮޅާ ދެމެދު ދަތުރު ކުރާ އަގުތައް