ކުރިއަށް އޮތް ދެ އަހަރުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އެގޮތުން އަންނަ ޖެނުއަރީ މަހި އެއްވަނަ ދުވަހުން ފެށިގެން އެކަންކަން ކުރިއަށްގެންދިއުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުން، ތަންފީޒުކުރުމަށް، ކުދި އަދި ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު ރައީސް މުއިއްޒު މި މަހު ބޭއްވި ބައްދަލުވުމަށް ފަހު ވިޔަފާރިވެރިން ފާހަގަ ކުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ސަރަހައްދު، ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްޞަކޮށްގެން ސްޓޯރޭޖް ފެސިލިޓީތައް ޤާއިމުކޮށް ހެޔޮ އަގުގައި، މުދާ ރައްކާކޮށް ގުދަންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.
އެގޮތުން، މިނިސްޓްރީ އިން ބުނީ، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށް ތަފްސީލު ހާމަ ކުރާނެ ކަމަށެވެ.
މީގެއިތުރުން އެ ބަޔާނުގައި ބުނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމް.ޕީއެލް) އިން މުދާ ކްލިއަރ ކުރުން މިހާރަށްވުރެ އަވަސް ކުރުމާއިީ އެ ސަރަހައްދުގައި ހަރަކާތްތެރިވާމުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން އެކަންކަން ގާތުން ބަލާނެ ކަމަށެވެ.