ފާއިތުވި 24 ގަޑިއިރު ރ. އަލިފުށިން ކޯވިޑް-19ށް އިތުރު މީހަކު ފައްސި ނުވާކަން އަލިފުށީ ސިއްހީ މަރުކަޒުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އަދި ފާއިތުވި 24 ގަޑިއިރު 18 ސުންކެއްގެ ނަތީޖާ ވަނީ އެ ރަށުން ނައްސި ވެފައެވެ.
ބަލިން ރަނގަޅުވީ 6 މީހުންނެވެ. މީގެ އިތުރުން އަލިފުށިން އިއްޔެ ވަނީ އަލަށް 7 ސުންކެއް ނަގާފައެވެ. އަދި ތަކުރާރުކުރަންޖެހޭ ސުންކުގެ ގޮތުގައި 2 ސުންކެއް ވެއެވެ.
އަލިފުށީ އިހާގެ ޖުމުލަ އަދަދުތަކަށް ބަލާއިރު، 1062 ސުންކެއް މިހާތަނަށް ނެގިފައި ވެއެވެ. އޭގެ ތެރޭން 232 ސުންކެއްގެ ނަތީޖާ ފައްސި ކަމަށް ދައްކާއިރު، 783 ސުންކެއް ވަނީ ބައްޔަށް ނައްސިވެފައެވެ. ނަތީޖާ ނުލިބި ޖުމުލަ 10 ސުންކެއް އެބަ ވެއެވެ. ބަލިން ފަސޭހަވި މީހުންގެ ޖުމުލަ 110 އަރާފައި ވާއިރު، ތަކުރާރުކުރަންޖެހޭ ސުންކުގެ އަދަދަކީ 39 އެކެވެ،
މި ވަގުތު އަލިފުށީގައި ތިބި ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދަކީ 122 އެވެ.
އަންގާރަ ދުވަހު އެ ރަށުން މީހަކު ފައްސި ނުވި ނަމަވެސް، ހޯމަ ދުވަހަށް ބަލާއިރު 3 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި އެ ދުވަހު 2 މީހަކު ބަލިން ފަސޭހަ ވެއެވެ.
