އެސްނާ ފުޓްސަލް ކަޕް 2022ގެ ނަމުގައި އަންނަ މަހު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރ. ވާދޫގައި ހިންގާ އަމިއްލަ ވިޔަފާރިއަކުން އިންތިޒާމްކުރާ މި މުބާރާތަކީ ވާދޫގެ ޓިމްތަކަށް ހާއްސަ މުބާރާތެކެވެ. ނަމަވެސް މުބާރާތުގެ ގަވާއިދު އޮތީ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރުން ދެ ކުޅުންތެރިޔަކު ހިމެނޭނެ ގޮތަށެވެ.
މި މުބާރާތުގައި ޖުމުލަ ޖުމުލަ ހަތަރު ޓީމަކުން ބައިވެރިވެފައި ވެެއެވެ. އެއީ ނިއުބޯން އެފްސީ، ފްލައިން ޑަޓްޗްމޭން، އެފްސީ ލިއޯނާ އަދި ވީއެސްޖީއެވެ.
ޖުލައި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިއަލަށް ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅޭނީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ ޝެޑިއުލް އަދި އިތުރު މަޢުލޫމާތު އެސްނާ ފުޓްސަލް ކަޕްގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ.
