ކްރެޑިޓްސް: 2018 ވަނަ އަހަރުގެ ބޮޑު ޢީދުގައި ވާދޫގައި ޢީދު ހުޅުޖެހުމާއި މާލިނެރުން — ފޮޓޯ: މިލްޒީރޯ ނިޝާން

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށްވެސް ރ. ވާދޫގައި ފޯރިގަދަ ކުޅިވަރުތަކާއި ހަރަކާތްތައް އޮންނާނެއެވެ.

މިހަރަކާތްތައް ފަށާނީ މިރޭ އޮންނަ ޢީދު ހުޅުޖެހުމުންނެވެ. ޢީދު ހުޅުޖެހުން އޮންނާނީ މިރޭ 9:00 ގައި ވާދޫ ބަނދަރު ސަރަހައްދުގައެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އަޟްޙާ ޢީދާ ގުޅިގެން ކުރިއަށްގެންދާނެ ހަރަކާތްތައް ނުވަތަ ޢީދު ތާވަލު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން ދުރާލާ އާންމުކޮށް އިޢުލާންކޮށްފައި ނުވި ނަމަވެސް ޢީދު ފާހަގަކުރަން ނިންމައި އެކަމަށް އެކުލަވާލާފައިވާ ކޮމީޓިއަކުންވަނީ ޢީދު ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި ޢީދު ފާހަގަކުރަން ތައްޔާރުވެފައެވެ.

[pdf-embedder url=“https://vaadhoo.live/wp-content/uploads/2023/06/Vsadhoo-Eid-Schedule.pdf“ title=“Vsadhoo Eid Schedule“]

ވާދޫގައި ކޮންމެ ބޮޑު ޢީދަކުވެސް މައިގަނޑު ކުޅިވަރެއްގެ ގޮތުގައި ކޯޑިކުޅުމާއި ތަކުރުހިންގުމުގެ އިތުރުން ޖަންގަލީ ޕެރޭޑް، ފެންކުޅި އަދި ޢީދު ސްޓޭޖް ޝޯވް އޮވެއެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މި އަހަރުގެ ބޮޑު ޢީދަށްވެސް މިރަަށަށް ގިނަ އަދަދެއްގެ މެހެމާނުންވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރު ވާދޫގައި ޢީދު ފާހަގަކުރަން ހަމަޖެހިފައިވާ ގޮތުގެ ތާވަލެއް ވާދޫ ލައިވްގެ ފޭސްބުކް ޕޭޖުގައި ވާނީ ހިއްސާކޮށްފައެވެ.