2023/2024 ވަނަ ދިރާސީ އަހަރު ރ. މަޑުއްވަރީ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާއިޝަތު މިޝްޔާ ހޮވިއްޖެއެވެ.
މިކަން ހާމަކޮށް، ދަރިވަރުގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ އެ ސްކޫލުން ބޭއްވި 2023/2024 ވަނަ ދިރާސީ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައެވެ.
އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން އަރުތަ ހާސިލުކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި ވަނީ އަގުވަޒަންކޮށް އިނާމުދީފައެވެ.
