އިނގުރައިދގައި އެރަށުގެ ގިނަ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި މިދިލިއޮށް ހޮވުމުގެ ފުރުސަތު ދިނުމަށް ކޮންމެ މަހެއްގެވެސް އެއްދުވަހު އޮށް ހޮވުމަށް އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ވަނީ ކަނޑައަޅާފައެވެ. ދެން ބާކީ ހުރި ދުވަސްތަކުގައި އޮށް ހޮވުމަކީ މަނާކަމެކެވެ.
އިނގުރައިދޫ ކައުސިލުން އާއްމުކުރި އިއުލާނެއްގައި ބުނީ އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ކަނޑައަޅާ ވަކިދުވަސްތަކެއް ފިޔަވާ އެހެނިހެން ދުވަސްތަކުގައި މިދިލިއޮށް ހޮވުމަކީ މަނާކަމެއްކަން ތަކުރާރުކޮށް ކޮމެޓީން ރައްޔިތުންނަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިނޫން ދުވަސްތަކުގައި މިދިލިއޮށް ހޮވާކަމުގެ ޝަކުވާ އެ ކޮމެޓީއަށް ލިބެމުންދާކަމަށް ކައުންސިލުން ބުނެއެވެ.
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ފިޔަވާ އެހެނިހެން ތަންތަނުގައިވާ ހެދިފައިވާ މިދިގަސްދޮށް ކުނިކަހާ ސާފުކުރި ނަމަވެސް، ގަސްދޮށަށް ފައިބައިފައި ހުންނަ އޮށް ހޮވުމަކީ މަނާކަމެއްކަމަށް އިނގުރައިދޫ ކައުންސލުން ގެޒެޓްގައި އާއްމުކުރި އިއުލާންގައިވެއެވެ.
އެހެންކަމުން އެ އެންގުމާއި ހިލާފު ނުވުމަށް ރަށު ރައްޔިތުންނަށް ވަނީ އަންގާފައެވެ.
