ރ. އަނގޮޅިތީމު ބަނދަރު ރުއްގަނޑު ކުއްޔަށް ދިނުމަށް ނިންމައި އެކަން މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.
އެރަށު ”ބަނދަރު ރުއްގަނޑު“ ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ބުނީ ރުއްގަނޑު ދޫކުރަނީ މީލާދީ 2 އަހަރު ދުވަހަށް ކަމަށެވެ.
އަނގޮޅިތީމު ބަނދަރު ރުއްގަނޑު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
މި ރުއްގަނޑާ ބެހޭގޮތުން މަޢްލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އިޢުލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި އެއިދާރާއަށް ހާޒިރުވެގެން ނުވަތަ 6580071 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށްފަހު 14 ޖުލައި 2025 / 13:15 އަށް އެ އިދާރާއަށް އަގު ހުށަހެޅުމަށް އެދިފައެވެ.
އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އައިޑީކާޑު ގެންދަން ޖެހެއެވެ.
އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި ހުށަހަޅާ ރުއްގަނޑު ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި މީހަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
