މި މަހު13 ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ 20:17ގައި މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑްގައި ދަތުރުކުރަމުންދިޔަ ސައިކަލެއް، ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ވަނީ ނިޔާވެފައެވެ.
މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން16 އަހަރުގެ ކުއްޖާއަށާއި ކަފިހި ހުރަހުން ހުރަސްކުރި40 އަހަރުގެ މީހާއަށް ވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވި40 އަހަރުގެ މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިންނަމަވެސް މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.
