ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަަަލް އެއަރޕޯޓްގެ އައު ޓާމިނަލުން މިއަދު އަސްރު ނަމާދު ވަގުތުން ފެށިގެން ކޮންމެ5 ނަމާދު ވަގުތު ބަންގީގެ އަޑު އިވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.

ރޭ ހުޅުވި އައު ޓާމިނަލްގައި.ފުރާ މީހުން އަމިއްލައަށް ޗެކިންވުމަށް 47 ކައުންޓަރާއި، ސެލްފް ޗެކިން އަށް ހަ ކިއޯސްކް، އިމިގްރޭޝަން ކްލިއާކުރުމަށް 20 ކައުންޓަރު، ކެއިން ބުއިމަށާއި ޑިއުޓީ ފްރީއަށް ޚާއްސަ ސަރަހައްދެއް، ޓާމިނަލުގެ ތެރޭގައި ހިނގާބިނގާވެ އުޅުން ފަސޭހަކުރުމަށްޓަކައި ހަތަރު ވޯކަލޭޓާ، 14 އެސްކެލޭޓަރު، ސީދާ ޓާމިނަލުން މަތިންދާ ބޯޓަށް އެރޭ ގޮތަށް 15 އެއިރޯބްރިޖް، ރާއްޖެއަށް އަންނަ މީހުންނަށް އިމިގްރޭޝަންގެ 28 ކައުންޓަރުގެ އިތުރުން ޖާގައިގެ ގޮތުން ތަނަވަސް ސަރަހައްދެއްގައި ބެގޭޖް ކްލިއާކުރުމަށް ހަތަރު ބެލްޓް އެކުލެވިގެންވެއެވެ.

9 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ހުޅުވުން މި ޓާމިނަލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.