ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. ވާދޫގައި އޭޓީއެމް ސްޓޭޝަންކޮށްފިއެވެ.
މި އޭޓީއެމް ސްޓޭޝަން ރަށަށް ގެނެސްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.
އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
ވާދޫގައި ބީއެމްއެލްގެ ރުފިޔާ އޭޓީއެމް ސްޓޭޝަން ޤާއިމުކޮށްފައި ވީނަމަވެސް، މި އޭޓީއެމްގެ ޚިދުމަތް ދޭން ފަށާނެ ތާރީޚެއް އަދި ސާފުވެފައެއް ނުވެއެވެ.
