މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 ސެޕްޓެންބަރ 27 އިން 30 އަށް، އަދި އޮކްޓޫބަރު 1 އިން 5 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 5:30 އަށް، ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 5 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް ޑިފެންސުން ބުނީ، މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ޅ. ކަނުހުރާ އިރުއުތުރު ފަރާތުން 5 ނޯޓިކަލް މޭލު ބޭރުން 45000 މީޓަރ ދުރުމިނަށެވެ.
އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 500 މީޓަރު ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.