އެމް.އެސް.އެމް.އީ އެވޯޑްސް ގައި އާންމުންގެ ވޯޓާއެކު ގޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިއުލާނުކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އިނ އަދި ސަރުކާރާ ގުޅިގެން، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 ގެ ނޮމިނޭޝަންތައް ވަނީ އާންމުކޮށްފައެވެ.
އެގޮތުން، 7 ދާއިރާއެއްގެ ވިޔަފާރިތައް ބީސީސީއިން ވަނީ އެވޯޑް ދިނުމަށް ކަނޑައަޅާފައެވެ.ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ވެސް ހިމެނެއެވެ.
ކާބޯތަކެތި އުފެއްދުމުގެ ދާއިރާ
– މައި ކޭކްސް އެންޑް ސްވީޓްސް
– ޕަލާޓޯ
– ފުޑީސް
– ބާބާ ކާޑިޔާ
– މެރާކީ
ލައިފް ސްޓައިލް ބްރޭންޑް
– ޓްރޮޕިކަލް ޑިޒައިންސް
– ޝޮޕް އެޓް މަރީ
– އައިލެންޑް ޓަޗް މޯލްޑިވްސް
– ޓޮޑީ
– ބަސްކް
އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ
– ފާތިމާ
– ލައިބާ
– ލިންކޯ
– މުނިކާ
– ފަލަކް
މުނިފޫހިފިލުވުމުގެ ދާއިރާ
– ޑިޓިއުން ބޭންޑް
– ސާދަތިރީސްއަށެއް
ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ
– އޮއެވާލި އާޓް ޝޮޕް
– ބައިބީޒް
– މެކްރަމާ
– ލެވެލިއަރ
– އަބުޑީ މޯލްޑިވްސް
ފޮޓޯގްރެފީގެ ދާއިރާ
– އައިކެންޑީ
– ލައިޓްސް އައުޓް
– ސާރިމް ފޮޓޯސް
އެންމެ މަޤުބޫލު މާކެޓިންގ ފަރމް
– ލޫޕް ކްރާފްޓް
– ޕަބްލިސިޓީ ބިޔުރޯ
– އޯޕަން ސްކައި ގްރޫޕް
ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެރޭ 12:00 އެވެ. އެމްއެސްއެމްއީ އެވޯޑަކީ ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމުގައި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރަމުންދާ ދައުރު ފާހަގަކޮށް، ގައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވިޔަފާރިތަކުން ހޯދާ ކަމިޔާބީތައް ފާހަގަކުރުމަށް ދޭން ނިންމި ހާއްސަ އެވޯޑެކެވެ.
 
                
             
            